ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2026/75
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 31 ޖުލައި 2026 23:59
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކަށް އަލިކަން ނުލިބޭވަރަށް ނުވަތަ މަގުމަތީގައި ދުއްވާއެއްޗިއްސަށް އުނދަގޫވާގޮތަށް ހައްދާފައިވާ ގަސްތައް ކޮށުމާއި މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމާ ގުޅޭ

ރަށުގެ ބައެއް ގޭގެއާއި މަގުތަކުގައި ހައްދާފައިވާ ބޮޑެތި ގަސްތަކުގެ ސަބަބުން މަގުތަކާއި ގޯޅިތަކުގައި ހުންނަ މަގުބައްތިތަކުން އެކަށީގެންވާވަރަށް އަލި ނުލިބޭކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. އަދި ހަމަ އެހެންމެ، މަގުތަކުގައި ބަހައްޓާފައި ހުންނަ އެކިއެކި ތަކެތީގެ ސަބަބުން ދުއްވާ އެއްޗެހި ދުއްވުމަށް ދަތިވެ އުދަގޫވުމުގެ ޝަކުވާވެސް އާންމު ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.

          ވީމާ މަގުބައްތިތަކުގެ އަލިކަމަށް ހުރަސްއެޅޭގޮތަށް ހައްދާފައިވާ ނުވަތަ ހެދިފައިވާ ގަސްތައް ކޮށައިދެއްވުމަށާއި، މަގުމަތީގައި ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފަ ހުރި ތަކެތި 31 ޖުލައި 2026 ވަނަ ދުވަހުގެ ކުރިން ނަންގަވައި އެކަން އިސްލާޙުކޮށްދެއްވުން އެދި އާއްމުކޮށްއަންގައި އިޢުލާން ކުރީމެވެ.

         މިކަމުގައި އެންމެހާ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

13 ޖުލައި 2026