މުބާރާތް
ނަންބަރު: MBA/IUL/2026/16
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 28 ޖުލައި 2026 12:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026 – ސްކޫލް އެޑިޝަން (އަންހެން އަދި ފިރިހެން ޑިވިޝަން)

މި އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ " ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026 – ސްކޫލް އެޑިޝަން" ގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފީމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ މިއެސޯސިއޭޝަންގެ އީމެއިލް، [email protected] އަށް އީމެއިލް ކޮށް ދެއްވުން އެދެމެވެ. އަދި ޓީމް ލިސްޓް ތިރީގައި ދެންނެވިފައިވާ ސުންގަނޑި ހަމަވުމުގެ ކުރިން ވެސް މިއެސޯސިއޭޝަން އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

  • 18 އަހަރުންދަށް (އަންހެން އަދި ފިރިހެން)

މުބާރާތުގެ ތާރީޚް: 1 ން 6 އޮގަސްޓް 2026

ޓީމްލިސްޓް ސުންގަޑި: 30 ޖުލައި 2026 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން.

އުމުރުފުރާ: 2026 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 19 އަހަރު ނުފުރޭ ކުދިން

  • 14 އަހަރުންދަށް (އަންހެން އަދި ފިރިހެން)

މުބާރާތުގެ ތާރީޚް: 23 އޮގަސްޓް 2026 ން 5 ސެޕްޓެމްބަރ 2026

ޓީމްލިސްޓް ސުންގަޑި: 12 އޮގަސްޓް 2026 (ބުދަ) ދުވަހުގެ 12:00 ގެ ކުރިން.

އުމުރުފުރާ: 2026 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 15 އަހަރު ނުފުރޭ ކުދިން

  • 16 އަހަރުންދަށް (އަންހެން އަދި ފިރިހެން)

މުބާރާތުގެ ތާރީޚް: 2 ން 16 ސެޕްޓެމްބަރ 2026

ޓީމްލިސްޓް ސުންގަޑި: 23 އޮގަސްޓް 2026 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން.

އުމުރުފުރާ: 2026 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 17 އަހަރު ނުފުރޭ ކުދިން

13 ޖުލައި 2026