މަޤާމު: ސީނިއަރ އޮފިސަރ ހިއުމަން ރިސޯސް
|
މުސާރައާއި އެލަވަންސް:
|
މަހަކު -/10،650 ރުފިޔާ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް:
|
ހިއުމަން ރިސޯސް
|
މަޤާމުގެ ޝަރުޠު:
|
ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުން ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރުން ނުވަތަ ދާއިރާއިން 12 (ބާރަ) އަހަރުދުވަހުގެ ތަޖުރިބާ ހުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ މުވައްޒަފުންގެ ތަމްރީނާއި ތަރައްޤީއަށްޓަކައި، އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށް ހުޅުވިފައިވާ ފުރުޞަތުތައް ދެނެގަނެ، އެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ޓްރޭނިންގ ނީޑް އެނޭލިސިސް ހަދައި، ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުގެ ލަފާގެމަތިން، އަހަރީ ޓްރެއިނިންގ ރިކްވަރޔަމަންޓް އެކުލަވައިލައި އެއާ އެއްގޮތަށް ކުރުމުއްދަތާއި ދިގުމުއްދަތުގެ ޓްރެއިނިންގތަކުގައި މުވައްޒަފުން ބައިވެރިކޮށް، ޓްރެއިނިންގއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ކުންފުނިން ކަނޑައަޅާ މުއްދަތުތަކެއްގައި މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް، ޕަރފޯމަންސް އެޕްރައިޒަލާ ގުޅިގެން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ޕަރފޯމަންސް އެޕްރެއިޒަލާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ ކަންތައް ބެލެހެއްޓުން.
- ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ޕްރޮސެސްއާއި ޕްރޮސީޖަރ މެނުއަލް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންނާބެހޭ ސިޔާސަތުތަކާއި ޤަވާޢިދުތައް ތަންފީޒުކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
- ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އުފާވެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓްފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓްފިކެޓް އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 7 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|