ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2026/60
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 30 ޖުލައި 2026 18:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކާއި އެގޯތި ތަކާއި ގުޅިފައިވާ މަގު ގޯޅިތައް ސާފުކުރުން

ހއ. ބާރަށުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އެގޯތިތައް ހިމެނޭ މަގު ތަކާއި ގޯޅިތަކަށް ، އަދި މަގުތަކުގައި ޖަހާފައިވާ މަގުބައްތި ތަކާއި ، އެއްގަމުގައި ދުއްވާ އުޅަނދު ފަހަރާއި ، ހިނގާބިގާވެ އުޅޭ ފަރާތްތަކަށް އުނދަގޫވާ ގޮތަށް ހުރި  ވެލިފުނިތަކާއި ، އެޅިގަލާއި ، ރުއް ލަކުޑި އަދި އެކި ބާވަތްތަކުގެ އެހެނިހެން ތަކެތި 13 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން 30 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް، މި ދެންނެވި ގޮތަށް ހުރި ގަހުގެ ގޮފިތަކާއި ތަކެތި ނަގާ ސާފުކުރުމަށް އަންގަމެވެ.

                 ވީމާ، މިމުއްދަތުގައި މި ކަންތައްތައް ހައްލުނުކޮށް ހުރި ތަންތަނުން ތަކެތި ނެގުމާއި، ގަސްކޮށުމާއި، ސާފުކުރުމަށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން މި އިދާރާ އިން ޢަމަލު ކުރަމުންދާނެ ވާހަކަ ދެންނެވީމެވެ. އަދި މި މަސައްކަތް ކުރަމުންދާއިރު އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ރައްޔިތުންގެ މަޢުލޫމާތަށް ޓަކައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޖުލައި 2026