ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ | މަޤާމް: | 
| ކޮންޓްރެކްޓް (2 އަހަރުދުވަހުގެ މުއްދަތަށް) | މަޤާމުގެ ގިންތި: | 
| ޖީ. އެސް. 3 | މަޤާމުގެ ރޭންކް: | 
| އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | މަޤާމުގެ ކްލެސިފިކޭޝަން: | 
| އދ. ފެންފުށީ ކައުންސިލްގެ އިދާރާ | އޮފީސް / އިދާރާ: | 
| އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް | ސެކްޝަން: | 
| އދ. ފެންފުށީ ކައުންސިލްގެ އިދާރާ | ވަޒީފާ އަދާކުރަންޖެހޭ ތަން: | 
| -/4،465 ރުފިޔާ | މުސާރަ: | 
| -/1،500 ރުފިޔާ | ސަރވިސް އެލެވަންސް: | 
| މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | އުޖޫރައާއި ޢިނާޔަތްތައް: | 
| 1 (އެކެއް) | ބޭނުންވާ އަދަދު: | 
| 1. ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | މަޤާމުގެ ޝަރުޠުތައް:  | 
| 1- ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން. 2- ރަށުގެ ޕާކުތަކާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން. 3- ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 4- ފާލަމާއި ފެރީޓާމިނަލް މަރާމާތުކޮށް ބެލެހެއްޓުން. 5- ރަށްގިރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމްކޮށް ހިންގުން. 6- ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރުން. | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
| 1- ތަޢުލީމާއި ތަމްރީން: %49 (ސާޅީސް ނުވައެއް އިންސައްތަ މާކްސް) 2- މަސައްކަތުގެ ތަޖުރިބާ: %8 (އަށެއް އިންސައްތަ މާކްސް) 3- ލިބިފައިވާ ހުނަރު: %43 (ސާޅީސް ތިނެއް އިންސައްތަ މާކްސް) | ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 ފެބުރުވަރީ 10 ވާ ބުދަދުވަހުގެ 13:30 އަށް، އދ. ފެންފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. | މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| 16 ފެބުރުވަރީ 2016 އާއި 18 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައި، އދ. ފެންފުށީ ކައުންސިލްގެ އިދާރާގައި. | އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6680539 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6680889 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ. | އިތުރު މަޢުލޫމާތު: | 
18 ރަބީއުލްއާޚިރު 1437