ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)246/246/2026/48
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 21 ޖުލައި 2026 14:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-457942

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:

މަހަކު -/9495 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު -/ 2850 ރުފިޔާ

އެހެނިހެން އެލަވަންސް:

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-   ޙާޟިރުވާ ކޮންމެ ދުވަހަކަށް -/75 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  • ކައުންސިލް އިދާރާގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  • ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  • ދައުލަތުގެ އިދާރާތަކުން ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  • ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި ކައުންސިލްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލަންޖެހޭ ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމަށް އެހީތެރިވުން.
  • ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޤައުމީ ތަރައްޤީގެ ޕްލޭން/އެކްޝަން ޕްލޭނުގެ ދަށުން ކައުންސިލްގެ އިޙްތިޞާސްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސއްކަތްތައް ކުރުން. އަދި ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުޞޫލުތަކުގެ ދަށުން ކަމާބެހޭ ފަރާތްތަކާ ޤަވާޢިދުން ހިއްސާކުރުން.
  • ކައުންސިލްގެ އިޙްތިޞާސްގެ ދަށުން ތަރައްޤީއަށްޓަކައި ހިންގުމަށް ރާވާ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރު ކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރު ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވެ ދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި އެހީތެރިވެ ދިނުން.
  • ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ކައުންސިލުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް އެކުލަވާލުން.
  • ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  • ކައުންސިލް އިދާރާއަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަހަށް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ  ޙާޞިލްކޮށްފައިވުން

މަޤާމާގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

 

މަޤާމުގެ ތަޢުލީމީ ދާއިރާތައް

 

.1 އެޑްމިނިސްޓްރޭޝަން

.2 މެނޭޖްމަންޓް

.3 ޕަބްލިކް އެޑްމިނިސްޓްރޭޝަން

.4 ޕަބްލިކް މެނޭޖްމަންޓް

.5 ބިޒްނަސް އެޑްމިނިސްޓްރޭޝަން

.6 ބިޒްނަސް މެނޭޖްމަންޓް

.7 ކައުންސިލް އެޑްމިނިސްޓްރޭޝަން

.8 އޮފީސް އެޑްމިނިސްޓްރޭޝަން

.9 ބިޒްނަސް

.10 ކޮމަރސް

.11 ޕްރޮޖެކްޓް މެނޭޖްމަންޓް

.12 ޕަބްލިކް ޕޮލިސީ

.13 ޕޮލިސީ ސްޓަޑީސް

.14 ގަވަރނަންސް

.15 ލޯކަލް ގަވަރނަންސް

.16 ސޯޝަލް ސައިންސް

.17 ސޯޝިއޮލޮޖީ

.18 ސޯޝަލް ވަރކް

.19 އެންތްރޮޕޮލޮޖީ

.20 ޑިމޮގްރަފީ

.21 ސްޓެޓިސްޓިކްސް

.22 އިކޮނޮމިކްސް

.23 ޕޮލިޓިކަލް ސައިންސް

.24 އިންޓަރނޭޝަނަލް ރިލޭޝަންސް

.25 ޑިވެލޮޕްމަންޓް ސްޓަޑީސް

.26 ކޮމިއުނިޓީ ޑިވެލޮޕްމަންޓް

.27 ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް

.28 ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

.29 ހިއުމަން ރިސޯރސް

.30 އެކައުންޓިންގ

.31 ފައިނޭންސް

.32 ލޯ

.33 ޝަރީއާ އެންޑް ލޯ

.34 ޕަބްލިކް ރިލޭޝަންސް

.35 މާރކެޓިންގ

.36 ކޮމްޕިއުޓަރ ސައިންސް

.37 އިންފޮރމޭޝަން ޓެކްނޮލޮޖީ

.38 ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް

.39 އެގްރިކަލްޗަރަލް ސައިންސް

.40 މެރިން ސައިންސް

.41 އެންވަޔަރަންމެންޓަލް ސައިންސް

.42 އަރބަން ސްޓަޑީސް

.43 އަރބަން ޕްލޭނިންގ

.44 އާކިޓެކްޗަރ

.45 ސިވިލް އިންޖިނިއަރިންގ

.46 ސްޓްރަކްޗަރަލް އިންޖިނިއަރިންގ

.47 ލައިބްރަރީ ސައިންސް

.48 ކަލްޗަރ އެންޑް ހެރިޓޭޖް

.49 ސްޕޯރޓްސް މެނޭޖްމަންޓް

.50 ލީޑަރޝިޕް

.51 އެޑިއުކޭޝަން

.52 ދިވެހި ލެންގުއޭޖު

53. ރިލިޖަސް ސަރވިސަސް

ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތަކުގެ ލިންކް:

https://www.csc.gov.mv/PostStructure/Index/36

 

ހުށައަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށްފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (ކަނޑައަޅާފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައަޅާފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައަޅާފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައަޅާފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

މިވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބަލާނެ ކަންތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައި ވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. (ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީ-މެއިލް ކުރުމަށް ދަންނަވަމެވެ.)

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ،  އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށްއެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމަންޓް އޮންނާނީ، 22 ޖުލައި 2026 އާއި 18 އޮގަސްޓް 2026 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ އެފްބީ ޕޭޖުގައި ޢާންމު ކުރާނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަން ވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500031 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

12 ޖުލައި 2026