މަސައްކަތް
ނަންބަރު: (IUL)316/316/2026/47
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި:
14 ޖުލައި 2026 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވިސިޓް ދަރަވަންދޫ އަންޑަރ 16 މުބާރާތުގައި ކިހާދޫ ޓީމްގެ ދަތުރުތަށް ކޮށްދޭނެ ފަރާތެއް ހޯދުން.
ވިސިޓް ދަރަވަންދޫ އަންޑަރ 16 ފުޓްސަލް މުބާރާތުގައި ކިހާދޫ ޓީމް، ކިހާދޫ އިން ދަރަވަންދޫއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަށް، ސްޕީޑް ލޯންޗުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ދަތުރުތަށް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދަތުރު ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަންގައި ލޯންޗުގައި އެއްފަހަރާ ދަތުރު ކުރެވޭނެ ފަސިންޖަރުންގެ އަދަދު ހިމަނައިދެއްވުން އެދެމެވެ.
ޓީމް ދަތުރުކުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާވަލެއް މި އިޢުލާނާއިއެކު ބެހެއްޓިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް އަގު ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރަށްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖުލައި 2026