ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"ހެވީޑިއުޓީ ލޯންޑަރީ ކެމިކަލްސް" ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނީގެ ލޯންޑަރީއަށް ބޭނުންވާ "ހެވީ ޑިއުޓީ ލޯންޑަރީ ކެމިކަލްސް" އޭގެ ޑިސްޕެންސަރާއިއެކު ދިގު މުއްދަތަކަށް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ސަޕުލައި ކޮއްދޭންޖެހޭ ކެމިކަލްސްގެ ތެރޭގައި "ޑެޓާރޖަންޓްސް، ސޮލްވެންޓްސް، އިމަލްސިފަޔާރސް، ބްލީޗް، ނިއުޓަރަލައިޒާސް، ސޮޕްޓްނާރސް، ޑިސްްއިންފެކްޓަންޓްސް"ފަދަ ކެމިކަލްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖުލައި 21 ވާ އަންގާރަދުވަހުގެ ހެދުނު 10:45 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް" (https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޖުލައި 29 ވާ ބުދަވަހުގެ ހެދުނު 10:45 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 29 ވާ ބުދަދުވަހުގެ ހެދުނު 10:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3026510/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.