ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 30 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
1- އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން (ފުލްޓައިމް އީވްނިންގ) - ހއ. އިހަވަންދޫ
2- ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ - ސްޕެޝަލް އެޑިޔުކޭޝަން (ފުލްޓައިމް ވީކެންޑް) - ހއ. އިހަވަންދޫ
3- ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ - ސްޕެޝަލް އެޑިޔުކޭޝަން (ފުލްޓައިމް އީވްނިންގ) - ދ. ކުޑަހުވަދޫ
4- މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) (ބްލެންޑެޑް) - ދ. ކުޑަހުވަދޫ
ފެކަލްޓީ އޮފް ހެލްތް ސައިންސަސް
1- އެޑްވާންސްޑް ސެޓްފިކެޓް އިން ސޯޝަލް ސަރވިސަސް ވާރކް (ފުލްޓައިމް ބްލެންޑެޑް) – ކ. މާލެ
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީ
1- އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ (ފުލްޓައިމް) - ކ. މާލެ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 2