ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-A/1/2016/9
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 03 ފެބުރުވަރީ 2016 14:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި ފަރާތްތައް ވޯޓްލާން ވަޑައިގަންނަވަންޖެހޭ މަރުކަޒުތައް

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި ފަރާތްތައް ވޯޓްލާން ވަޑައިގަންނަވަންޖެހޭ މަރުކަޒުތައް

ޤާނޫނު ނަންބަރު 08/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުމަށް ހަމަޖައްސާފައިވަނީ ތިރީގައި ދެންނެވިފައިވާ 2 ދާއިރާގެ މެމްބަރުންނަށެވެ.

1- ޤާނޫނު ނަންބަރު 08/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރެއް.

2- ޤާނޫނު ނަންބަރު 08/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިޚާބު ކުރާ މެންބަރެއް.

ޤާނޫނު ނަންބަރު 08/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމިއްޔާތަކުން އިންތިޚާބު ކުރާ ފަރާތެއް އިންތިޚާބު ކުރަންޖެހޭތީ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 2 ޖަމްޢިއްޔާއިންނެވެ. މި މަޤާމަށް ކުރިމަތި ލައްވާފައިވާ ޖަމްޢިއްޔާތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ތަރުތީބު ނަންބަރު

ޖަމްޢިއްޔާގެ ނަން

01

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް

02

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

ޤާނޫނު ނަންބަރު 08/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މެންބަރަކު ހޮވުމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 3 ފަރާތަކުންނެވެ.

މި މަޤާމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ކެންޑިޑޭޓް ނަންބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

01

އަޙްމަދު ފާއިޒް

މ.ކުރެލި

މާލެ

02

އަޙްމަދު ނަޖީބް

ފީރޯޒްގެ

ގއ.ވިލިނގިލި

03

މުޙައްމަދު މާޒިން

ވ.ނޯޗާންސް

މާލެ

ވީމާ މަތީގައި ދެންނެވިފައިވާ ދާއިރާތަކަށް ކުރިމަތި ލައްވާ ފައިވާ ފަރާތްތަކަށް ވޯޓްލުމަށް 3 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން މެންދުރު 14:00 އަށް އޮންނާނެއެވެ. މިގޮތުން ތިރީގައި މިދަންނަވަނީ މި އިންތިޚާބަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވޯޓުލުމަށް ވަޑައިގަންނަވަން ޖެހޭ މަރުކަޒުތަކެވެ.

- މާލެގައި ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ވަޑައިގަންނަވަންޖެހޭނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ގ.ބިއްލޫޖެހިގެ) ގްރައުންޑް ފްލޯއަށެވެ.

- ހުޅުމާލޭގައި ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ވަޑައިގަންނަވަންޖެހޭނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގްރައުންޑް ފްލޯއަށެވެ.

- ކ.ވިލިނގިލީގައި ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ވަޑައިގަންނަވަންޖެހޭނީ ކ.ވިލިނގިލީ ޒުވާނުން މަރުކަޒުގެ ގްރައުންޑް ފްލޯއަށެވެ.

- އަތޮޅުތެރޭގައި ވޯޓްލުމަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުން ވަޑައިގަންނަވަންޖެހޭނީ އެބޭފުޅަކު ވޯޓްލެއްވުމަށް ރަޖިސްޓަރީ ކުރެއްވި ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 ރަބީޢުލްއާޚިރު 1437


 

31 ޖަނަވަރީ 2016