ޢާންމު މަޢުލޫމާތު
ނަންބަރު: 688-A/2026/04
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 23 ޖުލައި 2026 10:30
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް

                                             

`

އައްޑުއަތޮޅު މަރަދޫފޭދޫ  މެޖިސްޓްރޭޓް ކޯޓް

        މަރަދޫފޭދޫ                                 

       ދިވެހިރާއްޖެ.

                                 

                                                                                          ނަންބަރު:688-A/2026/04 

އިޢުލާން

މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް

މިކޯޓުގެ ނަންބަރު 688-A/2026/3 އިޢުލާނުގައިވާ ގޮތުގެމަތިން، 09 ޖުލައި 2026 ވަނަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މިކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 30 ޖުލައި 2026 ވަނަދުވަހުގެ 14:00ގެކުރިން  ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 މުޙައްރަމް 1448ހ.

12 ޖުލައި  2026މ.

 

 

12 ޖުލައި 2026