ޢާންމު މަޢުލޫމާތު
ނަންބަރު: HDC (161)/EM/IU/2016/13
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 02 ފެބުރުވަރީ 2016 00:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެއިން އެކި ފަރާތަކަށް ދޫކޮށްފައިނުވާ ބިންތަކުގައި ގަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެއްޗާގުޅޭ

އިޢުލާން

ހުޅުމާލެއިން ޞިނާޢީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ބައެއް ފަރާތްތަކުން އެ ސަރަހައްދުގައިވާ ބައެއް ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ތަކެތި ބަހައްޓައި އަދި އެ ބިންތައް ބޭނުންކުރަމުންދާކަށް މި ކޯޕަރޭޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ.

އެހެންކަމުން، ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތުން، 2016 ފެބުރުވަރީ 2 ވަނަ ދުވަހުގެ ކުރިން އެ ތަކެތި އެ ބިންތަކުން ނެންގެވުމަށް ދެންނެވީމެވެ.

އަދި ދެންނެވުނު މުއްދަތުގެ ފަހުން އެ ބިންތަކުގައިވާ ތަކެތި މި ކޯޕަރޭޝަނަށް ނެގޭނެ ކަމުގައި ދެންނެވީމެވެ. އަދި ދެންނެވުނު މުއްދަތުގެ ފަހުން ހުސްބިންތަކުގައި ބަހައްޓާފައިވާ ތަކެއްޗަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނޭކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

އަދި ދަންނަވަމެވެ. ހުޅުމާލޭގެ އެއްވެސް ބިމެއްގައި ހުއްދަނެތި ތަކެތި ބަހައްޓައި ބިން ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3355207 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016