ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/127
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 23 ޖުލައި 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެޗް.އާރް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހިއުމަން ރިސޯސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން

ތަޢުލީމީ ރޮނގުތައް: ހިއުމަން ރިސޯސް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން: ހިއުމަން ރިސޯސް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  1. މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ބަދަލު ކުރުމާއި، ވަކި ކުރުމުގެ މަސައްކަތް ކުރުން.
  2. މުވައްޒަފުން ރިޓަޔަރކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  3. މުވައްޒަފުންގެ ޕަރފޮރމަންސް މެނޭޖްމަންޓް އާ ގުޅުންހުރި އިދާރީ މަސައްކަތް ކުރުން.
  4. މުސާރައިގެ ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރުން.
  5. މުވައްޒަފުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ކުރަންޖެހޭ މަސަތްކަތްކުރުން، އަދި ޑިޕާރޓްމަންޓް ވެރިޔާގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  6. ބިދޭސީ މުވައްޒަފުންގެ ވާރކް ޕާރމިޓް ހޯދުމާއި، މާލެ ގެނައުމުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން، އަދި ބިދޭސީ މުވައްޒަފުންނާ ގުޅުންހުރި އެހެނިހެން އިދާރީ މަސައްކަތް ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިންކުރުން.
  7. ހިއުމަން ރިސޯސް މެނެޖްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގައި އެ ނިންމުންތައް ތަންފީޒުކުރުން.
  8. މުވައްޒަފުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. ޑިޕާޓްމަންޓަށް ލިބޭ ސިޓީ/އީމެއިލްތަކަށް ވެރިޔެއްގެ މަޝްވަރާގެ މަތިން ޖަވާބު ދިނުން.
  11. އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން.
  12. ޑިޕާޓްމަންޓުން ބާއްވާ ރަސްމިއްޔާތުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  13. މުވައްޒަފުންނާއި ގުޅޭ ޤަވާއިދުތަކާއި އުސޫލުތައް ވެރިޔާގެ ލަފާގެމަތިން ލިޔުމާއި، މުރާޖާކުރުން، އަދި އަދާހަމަކުރުން.
  14. އިންވިޖިލޭޓަރުންގެ ޕޭޝީޓް ހެދުން.
  15. ޕާރޓް ޓައިމް ލެކްޗަރަރއިންގެ ޕޭ ޝީޓް ހެދުން.
  16. ޗުއްޓީ/ލީވްއެއްގައި ހުންނަ މުވައްޒަފެއްގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  17. ޑިޕާޓްމަންޓް، އަދި ޔުނިވަރސިޓީ އިން ހިންގާ މުހިއްމު ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/mnu-hr-2026-113

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.

 

12 ޖުލައި 2026