ދިވެހިރާއްޖެ
|
ތަޢާރަފް |
1. |
(ހ) |
މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2/99) ގެ 17 އަދި 18 ވަނަ މާއްދާއިން ބާރު ލިބިގެން ހެދިފައިވާ ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު (ޤަވައިދު ނަންބަރު: 2021/R-176) ގެ 32-12 ވަނަ މާއްދާގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ޢަމަލުކުރުމަށް އެކުލަވާލާފައިވާ ޢާންމު އުޞޫލެވެ. |
|
|
(ށ) |
މި އުޞޫލަށް ކިޔާނީ " ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުޞޫލު" އެވެ. |
|||
|
މަޤުޞަދު |
2. |
މި އުޞޫލުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލްކުރުމެވެ. |
||
|
(ހ) |
ފަތުރުވެރިކަމުގު ދާއިރާއިން ދަރަވަންދޫގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި ކައުންސިލުން ޢަމަލުކުރަންޖެހޭ ގޮތްތައް ކަނޑައެޅުމާއި ކައުންސިލުން ބަލަހައްޓަންޖެހޭ ކަންކަން ކަނޑައެޅުން. |
|||
|
(ށ) |
ފަތުރުވެރިކަމުގެ ދާއިރާއިން ދަރަވަންދޫގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ފުރުޞަތު ފަހިކޮށްދީ ދަރަވަންދޫގައި މިކަމުގެ ވިޔަފާރި ފުޅާކޮށް ފެތުރުމަށް މަސައްކަތުކުރުން. |
|||
|
(ނ) |
ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރިއެއް ޤާއިމުކުރުން. |
|||
|
(ރ) |
ރަށާއި ފަރުގެ ފުރިހަމަކަމާއި ރީތިކަން އިޝްތިހާރުކޮށް، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން. |
|||
|
(ބ) |
ދެވޭ ޚިދުމަތުގެ ތެރެއިން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ވިޔަފާރި ތަޢާރަފުވެ ދުރު މުސްތަޤުބަލަށް ދެމިގެންދާ ގޮތަށް އެ ވިޔަފާރީގެ ތެރެއިން ފަތުރުވެރިކަމުގު ސިނާޢަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޢާމްދަނީ ވަންނާނެ މަގުތައް ތަނަވަސްވެފައި އޮތުން. |
|||
|
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުން |
3. |
މި އުޞޫލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގޭނީ ގަވާއިދު ނަންބަރު: 2021/R-176 "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. |
||
|
ފަތުރުވެރިންގެ ޙަރަކާތްތައް ރާވާ ހިންގުން |
4. |
(ހ) |
ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށުގައި ރަޖިސްޓްރީކޮށް، ހިންގުމުގެ ހުއްދަ ނަގާފައިވާ ތަންތަނަށް ބުކިންގް ހަދައިގެން ޒިޔާރަތްކުރާ ފަތުރުވެރިންކަން ޔަޤީން ކުރަންވާނެއެވެ. |
|
|
(ށ) |
ކޮންމެ ފަތުރުވެރިއަކީވެސް ޗެކް-އިން ކުރާއިރު ގެސްޓް ރެޖިސްޓްރޭޝަން ކާޑު ފުރުމަށްފަހު ޗެކް-އިންވާ ފަތުރުވެރިންކަން ޔަޤީންކުރަންވާނެއެވެ. |
|||
|
(ނ) |
އެވަގުތަކު ރަށުގައިތިބި ޖުމްލަ ފަތުރުވެރިންގެ ޢަދަދާއި، ފަތުރުވެރިން ތިބި ތަންތަނުގެ ތަފްސީލް މަޢުލޫމާތު އެއްތަނަކުން ލިބޭ ތަނަކަށް ރަށުގެ ޓޫރިސްޓް އިންފޯރމޭޝަން ޑެސްކް ވާންވާނެއެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ފަތުރުވެރިއެއްގެ ތަފްސީލް މަޢުލޫމާތު ( މިސާލު: ޕާސްޕޯރޓް ނަންބަރު، އުފަން ތާރީޚް ) މިނިސްޓްރީގެ ބޭނުމަށް ފިޔަވައި އެއްވެސް ހާލަތެއްގައި ޢާންމުކުރުމަކީ މަނާކަމެކެވެ. |
|||
|
(ރ) |
ރަށާއި ބެހޭގޮތުން ދެވެންޖެހޭ ޢާންމު މައުލޫމާތުގެ ތެރެއިން، ރަށުގެ ޗާޓަކާއިއެކު ޓޫރިސްޓް ބީޗްފަދަ މޫދަށްއެރުމަށް ޙާއްސަ ތަންތަނާއި، ހާބަރުތަކާއި، މަގުތައް އަދި އެހެނިހެން ހިދުމަތްތައް ލިބޭނެ ތަންތަން ފަސޭހައިން ކިޔާއިދެވޭނެގޮތަށް ތައްޔާރުކުރެވިފައި ހުންނަންވާނެއެވެ. |
|||
|
(ބ) |
ރަށުގައި ތިބޭ ޓޫރިސްޓުން ރަށުގެ ޢާންމު ތަންތަނުގައި އުޅޭއިރު ހެދުން އަޅާނެ މިންގަނޑު ކިޔައިދޭންވާނެއެވެ. އަދި މަދުމިނުން އިނގިރޭސި ބަހުންލިޔެ، މި ލިޔުން ރަށުގައި ހިންގާ ގެސްޓްހައުސް، ހޯމްސްޓޭ ޓޫރިސްޓް ހޮޓާފަދަ ތަންތަނާއި ޙިއްސާކުރަންވާނެއެވެ. |
|||
|
(ޅ) |
ރަށުގައިތިބޭ ފަތުރުވެރިން، އެ ބަޔަކުތިބޭ ގެސްޓްހައުސް ނުވަތަ ހޯމްސްޓޭއެއްގެ ޢާންމު ސަރަޙައްދުތަކާއި ރަށު ތެރެއަށް ނިކުމެއުޅޭއިރު ހެދުން އަޅަންވާނީ އަންނަނިވި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. |
|||
|
1. |
ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓް ބުރި |
|||
|
2. |
އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާރޓް، ބްލައުސް ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާރުގެ ސޯޓްބުރިއެވެ. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެއެވެ. |
|||
|
ރަށު ޓޫރިޒަމް ޑެސްކުން ލިބެންޖެހޭ ހިދުމަތްތައް |
5. |
(ހ) |
ރަށު ޓޫރިޒަމް ޑެސްކުން ރަށުގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ފަތުރުވެރިން ބައިތިއްބާ ހުރިހާ ތަންތަނެއްގެ މަޢުލޫމާތު ލިބެން ހުންނަންވާނެއެވެ. މީގެތެރެއިން ހޯމްސްޓޭގެ ގޮތުގައި ހިންގާގެސްޓްހައުސް ތަކާއި ގެސްޓްހައުސްތައް އަދި ޓޫރިސްޓް ހޮޓާ ނުވަތަ ރިޒޯޓް ހޮޓަލެއް ހުރިނަމަ އެތަންތަނުގެ މަޢުލޫމާތު ލިބެން ހުންނަންވާނެއެވެ. އަދި މި މަޢުލޫމާތުގެ ތެރޭގައި އެތަންތަނުގެ ކޮޓަރީގެ އަދަދު، ގުޅޭނެ ނަންބަރު، އީމެއިލް ނުވަތަ އިތުރު ޙާއްސަކަމެއް ވާނަމަ ( މިސާލު : ސުވިމިން ޕޫލް، ސްޕާ ފަދަ ) އެކަމެއް ފާހަގަ ކުރަންވާނެއެވެ. |
|
|
(ށ) |
އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ ޒަރޫރީ ހިދުމަތެއް ހޯދުމަށް ގުޅާނެ ނަންބަރުތައް ދެވެން ހުންނަންވާނެއެވެ. އަދި މީގެތެރެއިން އަންނަނިވި ތަންތަން ކޮންމެހެން ހުރުން ލާޒިމުވާނެއެވެ. |
|||
|
1. |
ރަށުގެ ޞިއްހީމަރުކަޒު |
|||
|
2. |
އެމްބިއުލަންސް |
|||
|
3. |
އެންމެ ކައިރި ފުލުހުންގެ އިދާރާ |
|||
|
4. |
ކައުންސިލް އިދާރާގެ ފޯކަލް ޕޮއިންޓްގެ ނަންބަރު |
|||
|
5. |
ރަށު ހޮޓާ، ކެފޭ، ރެސްޓޯރެންޓް |
|||
|
6. |
ރަށުގެ ލޯންޑްރީ އަދި އިސްތިރިކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން |
|||
|
7. |
ރަށުތެރޭގައި ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތްތަކުގެ މަޢުލޫމާތު |
|||
|
8. |
ރެކްރިއޭޝަންގެ ގޮތުގައި ރަށުން ލިބެންހުރި ވަޞީލަތްތައް / ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު. |
|||
|
އެހެނިހެން ކަންތައްތައް |
6. |
(ހ) |
ފަތުރުވެރިންނަށް ރަށުގެ އެކިކަހަލަ އާސާރީ ބިނާތައް ނުވަތަ ތަންތަނަށް ޒިޔާރާތްކުރާއިރު ޢަމަލުކުރާނެ ގޮތްތަކާއި، ތިމާވެއްޓަށް ރައްކާތެރިވުމަށާއި، ދިވެހިންގެ އާދަކާދައަށް ޢަމަލުކުރަމަށް އިރުޝާދު ދޭންވާނެއެވެ. |
|
|
(ށ) |
އަދި ދިވެހީންގެ ޘަޤާފަތާއި އާދަކާދައަށް އިޙްތިރާމްކުރުމަށާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިޙްތިރާމްކުރުމަށް ބުނެދޭންވާނެއެވެ. |
|||
|
އުޞޫލަށް ބަދަލުގެނައުން |
7. |
މި އުޞޫލަށް އެއްވެސް ބަދަލެއް ގެންނާނީ ކަމާއިގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާކޮށް އެކަމެއް ކައުންސިލުން ފާސްކޮށްގެންނެވެ. |
||
|
އުޞޫލުގައި ނެތް ކަމެއް ދިމާވުން |
8. |
މި އުޞޫލުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލުކުރާނީ ކައުންސިލުން މަޝްވަރާކޮށް ނިންމާ ގޮތެއްގެ މަތީންނެވެ. |
||
|
އުސޫލާ ޚިލާފުވުން |
9. |
މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރަތްތަކާ މެދު، މިއުސޫލުގައި ހިމެނިފައިވާ ކަމެއްގައި އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅާފައިނުވާ ކަންކަމުގައި ޖޫރިމަނާ ކުރަން ޖެހޭ ހާލަތްތަކުގައި އެކުރިކަމެއް އިޞްލާހުކުރުމަށް އެންގުމާއެކު، ފުރަތަމަ ފަހަރު -/100 (ސަތޭކަ) ޑޮލަރާއި -/1000 (އެއްހާސް) ޑޮލަރާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ޑޮލަރާއި -/2000 (ދެހާސް) ޑޮލަރާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން، އަދި ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/5000 (ފަސްހާސް) ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. |
||
|
އުޞޫލަށް ޢަމަލުކުރަން ފެށުން |
10. |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލު ދަރަވަންދޫ ކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
||
25 ޖޫން 2026