ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: 552-A/2026/11
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިއުން
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގެ އުޞޫލުން ނީލަން ކިއުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00ގައި މި ކޯޓްގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއެކު އެކުކަރުދާސްކުރެވިފައި ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާ / މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް ގެ ބަނޑޭރިޕޯޓަލް https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު 20 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތަކެތި ގެންދަންވާނެއެވެ.
އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓްގެ ނަންބަރު 6560648 ފޯނަށް ގުޅުއްވުން އެދެމެވެ.