ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2026/99
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 21:34
ސުންގަޑި: 16 ޖުލައި 2026 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމިޓީ އެކުލަވާލުން

ކައުންސިލަށް ލަފާދޭ ކޮމިޓީ އެކުލަވާލުން

 

          ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަނިވި އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫން ނަންބަރު 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ހއ.ފިއްލަދޫ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ތިރީގައި މި ދަންނަވާ ދާއިރާތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

  1. މަސްވެރިން
  2. ޒުވާނުން
  3. ފަތުރުވެރިން
  4. ދަނޑުވެރިކަން
  5. ތަރިކައާއި ޘަޤާފަތް
  6. ވިޔަފާރި (ކެފޭ ހޮޓާ ވިޔަފާރި ހިމެނޭހެން)

ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

  • ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ލަފާދިނުން.
  • ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ދިނުން.
  • ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން.

 

             ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން، އެފަރާތެއް ކުރިމަތިލާ ދާއިރާ އެނގޭނޭގޮތަށް 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ސިޓީއާއެކު ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ވަނަވަރު (ސީވީ) ހުށަހެޅުމަށް ދެންނެވީމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.    

                     24 މުޙައްރަމް 1448        

                     09 ޖުލައި 2026  

09 ޖުލައި 2026