ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2016/4
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 11 ފެބުރުވަރީ 2016 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒެމިނަރ ( ކޮންޓްރެކްޓް )

މަޤާމް :އެގްޒެމިނަރ ( ކޮންޓްރެކްޓް )
ބޭނުންވާ އަދަދު :2

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

އެގްޒެމިނަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

ޢާއްމު އިމްތިޙާނަށް (2)

އުޖޫރަ:

-/7,500 ރުފިޔާ    (5 މޮޑިއުލް)

މުއްދަތު:

ފެބުރުވަރީ 18 އިން މާރިޗު 13 އަށް

އަސާސީ ޝަރުޠު:

މާއްދާއާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޑިޕާޓްމަންޓުން ހިންގާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޢާއްމު އިމްތިޙާނުގެ ހުކުރުކުރުން (ލިއުން /އަނގަބަސް)
  • މުދިންކަން (އަނގަބަސް)
  • ޖަމާޢަތްތެރިކަން (އަނގަބަސް)
  • ޤުރުއާން، ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން

- ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.

އިންޓަރވިއު ކުރުން:

މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއުކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)

ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނަ ގޮތަށް ނަގާފައިވާ ކޮޕީ.

ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ).

ނޯޓު:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:00

17  ރަބީޢުލްއާޚިރު 1437

 

 

27 ޖަނަވަރީ 2016