ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2016/3
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 11 ފެބުރުވަރީ 2016 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް :އެގްޒެމިނަރ ( ކޮންޓްރެކްޓް )
ބޭނުންވާ އަދަދު :12

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

އެގްޒެމިނަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

ދިވެހި މާއްދާގެ    6

އިސްލާމް މާއްދާގެ  6

އުޖޫރަ:

-/10,000 ރުފިޔާ  

މުއްދަތު:

ފެބުރުވަރީ 15 އިން މާރިޗު 17 އަށް

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޑިޕާޓްމެންޓުން ހިންގާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރުދުވަހު ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަޔަރސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން

- ލިބިފައިވާ ތަޖުރިބާ އާއި ޤާބިލުކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.

އިންޓަރވިއު ކުރުން:

މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަރވިއުކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)

ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނަގޮތަށް ނަގާފައިވާ ކޮޕީ.

ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ).

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:00

17  ރަބީޢުލްއާޚިރު 1437

 

28 ޖަނަވަރީ 2016