ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށައެޅުމުގެ ދަޢުވަތު – ދ.މީދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދ.މީދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 22 ޖުލައި 2026ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖުލައި 2026ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
މި ބިލާމާގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 23 ޖުލައި 2026ވާ ބުރާސްފަތި ދުވަހުގެ 13:30ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.