ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކުރުމުގެ މުބާރާތެއް ބޭއްވުމާއި ގުޅޭ:
ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.. އެހެންކަމުން ކެލާ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ބައިވެރިވެ، 2 އޯގަސްޓް 2026 ވަނަ ދުވަހު 14:00 ގެ ކުރިން ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން މޮނިއުމެންޓު ފަރުމާކޮށް ދެއްވުމަށްފަހު މޮނިއުމެންޓު ޑިޒައިންގެ މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
އަދި ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ ތެރެއިން އެއްވަނައަށް ހޮވޭ މޮނިއުމެންޓު ޑިޒައިނަކައް -/5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
2. ފަރުމާ ކުރެވޭ މޮނިއުމެންޓުގައި ފުރިހަމަ ވާންޖެހޭ ކަންތައްތައް :
ހ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކް ތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 100% އަމިއްލަ އުފެއްދުމަކަށެވެ.
ށ. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއެއް ހުށަހަޅައިގެން ނުވާނެއެވެ.
ނ. ހުށަހަޅާ މޮނިއުމެންޓުން ކެލާ ރަމްޒުކޮށްދޭފަދަ އާރޓެއް، ކެލާގެ ޚާއްޞަ ކަންތައްތަކެއް، ރަށުގެ ސަގާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރުކޮށްދޭ ޑިޒައިނަކައް ވާންވާނެއެވެ.
ރ. މޮނިއުމެންޓް ޑިޒައިންހުށަހަޅާނީ ކުލަތަކާއިއެކު ކުލަ ޕްރިންޓްކެވެ.
ބ. މޮނިއުމެންޓްމެންގައި " ކެލާ " Kelaa " މި ލަފްޒު އިނގިރޭސި އަދި ދިވެހިން ލިޔެފައި އިންނަންވާނެއެވެ.
ޅ. މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅަންވާނެއެވެ.
ކ. މިމުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ގިނަވެގެން ހުށަހެޅޭނީ 2 ޑިޒައިނެވެ.
އ. މި މުބާރާތާއި ގުޅިގެން ހުށަހަޅާ ޑިޒައިން ވާންވާނީ ޑިޖިޓަލްކޮށް ތައްޔާރު ކުރެވިފައިވާ ޑިޒައިނެއްގެ ޕްރިންޓް ކޮށްފައިވާ ކަރުދާހެކެވެ.
3. މި މުބާރާތުގައި ވަނަ ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެވެ.
|
ކްރައިޓީރިއާ |
% |
|
ހުށަހަޅާ މޮނިއުމެންޓުން ކެލާ ރަމްޒުކޮށްދޭފަދަ އާރޓެއް، ކެލާގެ ޚާއްޞަ ކަންތައްތަކެއް، ރަށުގެ ސަގާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރުކޮށްދޭ ޑިޒައިނަކަށްވުން
|
35% |
|
ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކް ތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 0 އަމިއްލަ އުފެއްދުމަކަށްވުމާއި ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ ރީތިކަން
|
30% |
|
މޮނިއުމެންޓްމެންގައި " ކެލާ " Kelaa " މި ލަފްޒު އިނގިރޭސި އަދި ދިވެހިން ލިޔެފައި ވުމާއި އަދި މި ލަފްޒް ފޮންޓާއި ޑިޒައިން ފުރިހަމަކަން
|
25% |
|
މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅައިފައިވުން
|
10% |
މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާގެ ވައިބަރ ނަންބަރ 9650027 އަށް ނުވަތަ [email protected] އަށް (IUL)249/249/2026/41 އާއި ހަވާލާދީ ނަމާއި އައިޑީކާޑް ނަންބަރ އަދި ފޯން ނަންބަރު ފޮނުވުންއެދެމެވެ.
- ޑިޒައިން ހުށައެޅޭނީ ނަން ހުށައެޅުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ނަން ހުށައަޅާފައި ފާރާތްތަކަށެވެ.
ޑިޒައިން ހުށައަޅާއިރު ހުށަހަޅަން ޖެހޭ ތަކެތި :
ތިރީގައިވާ ތަކެތި ހަމައަށް ހުށަހަޅަންވާނެއެވެ.
|
ސެކްޝަން 2 ގައި ޑިޒައިން އާއިއެކު ހުށަހަޅަން ޖެހޭ ބުނެފައިވާ ތަކެތި. |
|
ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީއެއް އަދި ގުޅޭނެ ނަންބަރު. |
|
ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.