ޢާންމު މަޢުލޫމާތު
ނަންބަރު: 627-A/2026/16
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 14 ޖުލައި 2026 13:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމްގެ 2 އެއަރކަންޑިޝަން ސާރވިސްކޮށް މަރާމާތުކުރުމާއި، އަދި އިދާރީބައިގެ 1 އެއަރކަންޑިޝަން ނައްޓާ އައު އެއަރ ކަންޑިޝަންއެއް ހަރުކުރުމުގެ މަސައްކަތް

                                                                                         ނަންބަރު:627-A/2026/16

އިޢުލާން

މިކޯޓުގެ ކޯޓުރޫމްގެެ 2 އެއަރކަންޑިޝަން މަރާމާތުކޮށް ސާރވިސްކޮށްދީ އަދި އިދާރީބައިގެ 1 އެއަރކަންޑިޝަން ނައްޓާ އައު އެއަރކަންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

      މިކޯޓުގެ ކޯޓުރޫމްގައި ހަރުކޮށްފައިވާ 2 އެއަރކަންޑިޝަން މަރާމާތުކޮށް ސާރވިސްކޮށްދީ އަދި އިދާރީބައިގެ 1 އެއަރކަންޑިޝަން ނައްޓާ އައު އެއަރކަންޑިޝަންއެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިކޯޓުގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން ތިރީގައި ދަންނަވާފައިވާގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

      މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ޖުލައި 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

       މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

09 ޖުލައި 2026

09 ޖުލައި 2026