ކުއްޔަށް ހިފުން
ނަންބަރު: GS-30/IUL/2016/07
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 31 ޖަނަވަރީ 2016 10:30
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
1 ކޮޓަރި ކުއްޔަށް ހިފަން

އިޢުލާން

1 ކޮޓަރި ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މި މަދަރުސާގައި 2016 ވަނަ އަހަރު މަސައްކަތް ކުރެއްވުމަށް ޖަޕާނުގެ ޖައިކާގެ ފަރާތުން ފޮނުއްވާ، ވޮލަންޓަރީ ޓީޗަރ ގދ.ގައްދޫގައި ހުންނެވުމަށް ބޭނުންވާ އެކޮމަޑޭޝަން ހަމަޖެއްސުމުގެ ގޮތުން އެޓޭޗް ފާޚާނާއަކާއި ބަދިގެވެސް ހިމެނޭ 1 (އެކެއް) ކޮޓަރި ، ދިރާސީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި މަދަރުސާއަށް ކުއްޔަށް ހިފަން ބޭނުންވެގެން މި މަދަރުސާއިން ކުރި އިޢުލާން ނަންބަރު: GS-30/IUL/2016/01 އާ ގުޅިގެން ޝަރުޠު ހަމަވާ 3 އަންދާސީހިސާބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މަތީގައި ބަޔާންކުރެވިފައިވާފަދަ ކޮޓަރިއެއް މި މަދަރުސާއަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާފަދަ ކޮޓަރިއެއް މި މަދަރުސާއަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ކޮޓަރި ހިމެނޭ ގޭގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުއްވާނަމަ، އެމީހަކާބެހޭ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

31-01-2016

އާދީއްތަަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

އަންދާސީހިސާބު ހުށަހެޅުއްވުން

02-02-2016

އަންގާރަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016