ޢާންމު މަޢުލޫމާތު
ނަންބަރު: 416-ESMPL/416/2026/62
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 16 ޖުލައި 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

  ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަނިވި އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫން ނަންބަރު 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ގދ. މަޑަވެލީ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ 07 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. 

ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ލަފާދިނުން.
  • ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ދިނުން.
  • ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން.

  ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ސިޓީއަކާއެކު އެފަރާތުގެ އައިޑީކާޑް ކޮޕީ އަދި ސީވީ އާއެކު، 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

09 ޖުލައި 2026