ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/45
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 19 ޖުލައި 2026 23:59
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ތަކެތި ބެހެއްޓުމާގުޅޭ

އިޢުލާނު

މަގުމަތީގައި ތަކެތި ބެހެއްޓުމާގުޅޭ

           މިރަށު މަގުތަކުގައި އެކިބާވަތްތަކުގެ މުދަލާއި ތަކެތި (ގަލާއި، ވެއްޔާއި، ޖޯލިފައްޗާއި، އަދިވެސް ތަފާތު އެކި ބާވަތްތަކުގެ ތަކެތި) ބަހައްޓާފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން މަގުން ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިވަމުން ދާކަމުގެ ޝަކުވާ މިކައުންސިލަށް އަންނަނީ ލިބެމުންނެވެ. މީގެއިތުރުން މިރަށު އެމްބިއުލާންސް ދުއްވުމަށް ދަތިވާވަރަށް ބައެއް މަގުތަކުގައި ގޯތިން ބޭރު މަގުފާރު ކައިރީގައި ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން ބަލިމީހުން އުފުލުމަށްވެސް ހުރަސް އެޅެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

            ކައުންސިލްގެ ހުއްދަ ނެތި މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމުގައިވާތީ، ތަކެތި ބެހެއްޓުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުމަށް ދަންނަވަމެވެ. އަދި މިހާރު މަގުމަތީގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން ލަސްވެގެން 7 ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް އަންގަމެވެ. މި މުއްދަތުގެ ފަހުން މަގަށް ދަތިވާގޮތަށް ހުންނަ މިފަދަ މުދާ ނުވަތަ ތަކެތި ކައުންސިލުން ނަގައި މަގު ސާފުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

          ވީމާ، މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތަކުން އެތަކެތި ނެގުމަށާއި އެކަން ތަކުރާރު ނުކުރުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޖުލައި 2026