ޢާންމު މަޢުލޫމާތު
ނަންބަރު: 416-ESMPL/416/2026/60
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި:
24 ޖުލައި 2026 20:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫންގެ 107 ވަނަ މާއްދާގެ ދަށުން މިކައުންސިލުން އާންމުކޮށް ހުޅުވާލައިގެން ފެބްރުވަރީ މަހުގެ ތެރޭގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ "ރައްޔިތު ބައްދަލުވުން 2 - 2026" 24 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި މަޑަވެލި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގައިދިޔަ ގޮތުގެ ރިޕޯޓް ރައްޔިތުންނާއި ޙިއްސާ ކުރުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް މަޑަވެލީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
އަދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 ޖުލައި 2026