ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2016/5
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 09 ފެބުރުވަރީ 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:                     މަސައްކަތު

ބޭނުންވާ އަދަދު:                01

ރޭންކް:                     އެސް.އެސް 1

ކްލެސިފިކޭޝަން :              ސަޕޯޓް ސްޓާފް ގްރޭޑް 1  

މުސާރަ :                   -/3100 ރުފިޔާ

ސަރވިސް އެލަވަންސް:           -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:             ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ގިންތި:                    ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އެޑްމިން ސެކްޝަން / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީސް ފޮޅައި ސާފުކުރުމާއި ކުނިބުނި އުކައިލުން.
  2. އޮފީހުން ގަންނަން ބޭނުންވާ ތަކެތި ބާޒާރުން ގަނެދިނުން.
  3. ޖަލްސާތަކާއި ބައްދަލުވުންތަކަށް ބޭނުންވާ ސައި ތައްޔާރުކުރުމުގެ އެންމެހައި ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުން.
  4. އޮފީހުގެ ފަރާތުން ބާއްވާ ބައްދަލުވުންތަކަށް ޖަލްސާކުރާ މާލަން އިންތިޒާމު ކުރުމުގައި އެހީތެރިވުން.
  5. އެކިއެކި ފަރާތްތަކަށް ރައްދުކޮށް ޙަވާލުކުރަންޖެހޭ އޮފީހުގެ ރަސްމީ ލިޔުންތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރުން.

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 10 - 16 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މިލިޔުން ތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވިނަމަ ވަކިވިދުވަސް/ މަސް/ އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓްގެ ނަންބަރު 3341303، 3341307 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

28 ޖަނަވަރީ 2016