ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2026/18
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 03 އޮގަސްޓް 2026 00:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ސެޕްޓެންބަރު/އޮކްޓޫބަރު އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންގެ އެޕްލިކޭޝަނަށް ހުޅުވާލުން

        2026 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ  އިމްތިޙާނުގެ އެޕްލިކޭޝަން މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 އޮގަސްޓް 03 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

        އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމް https://forms.gle/HnzybQhUGatenuZD7 މެދުވެރިކޮށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޑިޕާޓްމަންޓްގެ ލިންކް ޓްރީ  https://linktr.ee/dpemv މެދުވެރިކޮށް ލިބެންހުންނާނެއެވެ.

 

        09 ޖުލައި 2026

09 ޖުލައި 2026