ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2026/123
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 19 ޖުލައި 2026 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމު:

ސީނިއަރ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-442971

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ 5 ވަނަ ފަންގިފިލާ)

އަސާސީ މުސާރަ:

9845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

4595.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

125 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޔުނިޓުގެ މަސައްކަތްކަމުގައި ކަނޑައަޅާފައިވާ އެންމެހާ ކަންތައްތައް، ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ހެޑް އޮފް ސެކްޝަންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.     

2- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ޑިވެލޮޕްމަންޓް ވޯރކް ޕްލޭން ޗެކްކުރުމަށް ފަހު ރަގަޅު ކަމުގައި ވާނަމަ، ވޯރކް ޕްލޭން ހުއްދަދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި ވޯރކް ޕްލޭން އިސްލާޙްގެންނަންޖެހޭ ކަމެއް ވާނަމަ އެކަމެއް، އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް ޑިވެލޮޕަރުންނަށް އެންގުން އަދި ރެކޯޑް ބެލެހެއްޓުން

3- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ޑިވެލޮޕްމަންޓް ކޮންސެޕްޓް/ މާރސްޓާރ ޕްލޭން ޗެކްކުރުމަށް ފަހު ރަގަޅު ކަމުގައި ވާނަމަ، ކޮންސެޕްޓަށް ހުއްދަދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި ކޮންސެޕްޓަށް އިސްލާޙްގެންނަންޖެހޭ ކަމެއް ވާނަމަ އެކަމެއް، އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް ޑިވެލޮޕަރުންނަށް އެންގުން އަދި ރެކޯޑް ބެލެހެއްޓުން

4- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ކޯސްޓަލް މޮޑިފިކޭޝަން ކޮންސެޕްޓްތަކާއި މުރަކަ އާލާތްކުރުމުގެ ކޮންސެޕްޓްތަކާއި އަދި ތިމަވެއްޓާއި ގުޅުންހުރި އެހެނިހެން ކުރެހުންތަށް އިވަލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. އަދި ކޮންސެޕްޓަށް އިސްލާޙްގެންނަންޖެހޭ ކަމެއް ވާނަމަ އެކަމެއް، އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް ޑިވެލޮޕަރުންނަށް އެންގުން އަދި ރެކޯޑް ބެލެހެއްޓުން

5- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަން ކަމުގައިވާ ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އާއި ގުޅުންހުރި އެކި ޕްރޮޖެކްޓުތަކާއި ގުޅިގެން މިނިސްޓްރީއަށް ހުށަހަޅާ (ޓީ.އޯ.ރ/އައި.އީ.އީ/އީ.އެމް.ޕީ/އީ.އައި.އޭ) ތިމާވެއްޓާއި ގުޅޭ ރިޕޯޓްތަށް ވަޒަންކުރުމާއި އަދި އަމިއްލަ ފަރުދުނާއި، ތިމާވެށީގެ މާހިރުން ހުށަހަޅާ ރިޕޯޓްތައް ވަޒަންކުރުމާއި ޕޮރެޖެކްޓްގެ ސްޓެކްހޯލްޑަރ ކޮންސަލްޓޭޝަން މީޓިންގްސްތައް ރާވާއި ވެރިންގެ ލަފާގެ ކޮމެންޓް ފޮނުވުން ނުވަތަ ބައްދަލުވުން ތަކުގައި ބައިވެރިވުމާއި އަދި އީ.އައި.އޭ ގެ ސްކޯޕިންގް މީޓިންގްސް ތަކުގައި ބައިވެރިވެ މަޝްރޫޢުތަކުގެ އީ.އައި.އޭ ހެދުމަށް ޓާރމްސް އޮފް ރިފަރެންސް އާމެދު މަޝްވަރާކުރުން.

6- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ހުށަހަޅާ ތަފްސީލް ކުރެހުންތައް ޗެކްކުރުމަށް ފަހު ރަގަޅު ކަމުގައި ވާނަމަ، އިމާރާތްކުރުމުގެ ހުއްދަދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި އަލިފާނުގެ ހާދިސާއިން ރައްކާރެތިވުމަށް ހުށަހަޅާ ތަފްސީލް ކުރެހުންތައް ޗެކްކުރުމަށް ފަހު ކަމާއި ބެހޭ އިދާރާތަކަށް ފޮނުވުމާއި އަދި ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް ހިސާބުތަކާއި ރެކޯޑުތައް ބެލެހެއްޓުން. އަދި މި ކުރެހުނަތަކަށް އިސްލާޙް ގެންނަންޖެހޭ ނަމަ ނުވަތަ ކުރެހުން މަދުނަމަ އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް ޑިވެލޮޕަރުންނަށް އަންގާ ރެކޯޑުތައް ބެލެހެއްޓުން. 

7- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ކުރިއަށްގެންދާ ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން ޕަރމިޓްހަމަ ވުމުން ކުރަންޖެހޭ ސްޓްރަކްޗަރލް އިންސްޕެކްޝަންތަކާއި ފަޔަރ ސޭޕްޓީ އިންސްޕެކްޝަންތަކުގެ އިދާރީ މަސައްކަތް ކުރުން، މި ޔުނިޓުގެ އިންސްޕެކްޝަންތަކުގައި ބައިވެރިވެ ސްޓްރަކްޗަރލް އިންސްޕެކްޝަން ތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ރެކޯޑްބެލެހެއްޓުން.

8- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ފެންވަރު މަތިކުރުމަށް ދޫކުރެވޭ ރެނޮވޭޝަނެ ހުއްދައައް އެދި ހުށަހަޅާ  ކުރެހުންތަކާއި، ޕޮރޮޕޯސްލް އަދި ލިޔެކިޔުންތައް އިވެލުއޭޓްކުރުމައްފަހު ހުއްދަދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން. ނުވަތަ އިސްލާޙްގެންނަންޖެހޭ ކަމެއް ވާނަމަ އެކަމެއް، އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް ޑިވެލޮޕަރުންނަށް އެންގުން އަދި ރެކޯޑް ބެލެހެއްޓުން.

9- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ސީޕްލޭންގެ ހިދުމަތް ފެޝުމައް މިނިސްޓްރީ އައް ހުށަހަޅާ ލިޔެކިޔުންތައްބެލުމާއި  ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ގަސްކެޑުމަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލާއި ފާސްކުރުމަށްފަހު، ހުއްދަދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން. ނުވަތަ އިސްލާޙްގެންނަންޖެހޭ ކަމެއް ވާނަމަ އެކަމެއް، އިސްލާޙުކުރުމަށް ފަހު ހުށަހެޅުމަށް ޑިވެލޮޕަރުންނަށް އެންގުން އަދި ރެކޯޑް ބެލެހެއްޓުން.

10- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކަށް ދެމުންގެންދާ އިމްޕޯރޓް ޑިއުޓީއާއި ގުޅުންހުރި މަސައްކަތައްކުރުން އަދި އިނާޔަތްތަކާއިބެހޭ ހިސާބުތަކާއި ރެކޯޑުތައް ބެލެހެއްޓުން

11- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ބިމުގެ ބޮޑުމިން ދެނެގަތުމަށް މިނިސްޓްރީއަށް ހުށަހަޅާ ރިޕޯޓްތައް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވުމާއި އަދި ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިސާބުތަކާއި ރެކޯޑުތައް ބެލެހެއްޓުން.

12- އެސް. އޭ. ޕީ. ގައި ހުރި ޔުނިޓާއި ގުޅުންހުރި މަސައްކަތްތައް ތަންފީޒްކުރުމުގައި އެހީތެރިވުމާއި ރެކޯޑް ބެލެހެއްޓުމާއި އަދި ޔުނިޓުގެގެ ބަޖެޓް އަދި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

  1. ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް
  2. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އެކޮމޮޑޭޝަން މެނޭޖްމަންޓް
  3. ހޮޓެލް މެނޭޖްމަންޓް އެންޑް ޓޫރިސްޓް އެސްޓެބްލިޝްމަންޓްސް
  4. އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް 
  5. ލެއިޝަރ އެންޑް ޓޫރިޒަމް މެނޭޖްމަންޓް
  6. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 
  7. ސަސްޓެއިނަބަލް ޓޫރިޒަމް މެނޭޖްމަންޓް 
  8. ޓޫރިޒަމް
  9. ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް
  10. ޓޫރިޒަމް ޑިވެލޮޕްމަންޓް އެންޑް ކަލްޗަރ 
  11. ޓޫރިޒަމް ޑިވެލޮޕްމަންޓް ޕޮލިސީ
  12. ޓޫރިޒަމް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް 
  13. ޓޫރިޒަމް މެނޭޖްމަންޓް 
  14. ޓޫރިޒަމް މެނޭޖްމަންޓް އެންޑް ޕްލޭނިންގ
  15. ޓޫރިޒަމް ސްޓަޑީޒް 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފަތުރުވެރިކަމާގުޅޭ ޕޮލިސީ
  2. ސިޔާސަތު ނުވަތަ ސްޓްރެޓިޖީ އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 20 ޖުލައި 2026 އާއި 06 އޮގަސްޓު 2026  އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 ޖުލައި 2026