ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IAS/MIS/2016/133
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 14 ފެބުރުވަރީ 2016 12:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
14 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

އިޢުލާން

މިއޮފީހަށް 14 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ކުރެވުނު ނަންބަރު: IAS/MIS/2015/2859ފ(21-12-2015) އިޢުލާނާ ގުޅިގެން ހުށަހެޅިފައި ހުރި ޕްރޮޕޯޒަލްތައް ބަލައި ދިރާސާ ކުރެވުނުއިރު އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް (އިވެލުއޭޝަން ކޮމިޓީއަށް) ފެންނާތީ، ހަވާލާދެވިފައިވާ އިޢުލާނު މިއޮފީހުގެ ނަންބަރު IAS/MIS/2016/128ފ(28-01-2016) އިޢުލާނުން ބާޠިލުކުރެވިފައިވުމާ ގުޅިގެން އަލުން މިއޮފީހަށް 14 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ޢާންމުކޮށް އިޢުލާނު ކުރީމެވެ.

ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:00 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް، މ.ރާވެރިގެ، (މަޖީދީ މަގު) ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މި އޮފީހުގައި އޮންނާނެއެވެ.

އަގު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016