ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: AS-B/IU/2016/10
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 31 ޖަނަވަރީ 2016 11:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޓީ ވީ، އޭ ސީ އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރ ގަންނަން

އިޢުލާން

ޓީ ވީ، އޭ ސީ އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރ ގަންނަން ބޭނުންވެއްޖެ

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

  1. 50 އިންޗީގެ 2 ޓީ ވީ (ސްމާރޓް)
  2. 2 ޑެސްކްޓޮޕް ކޮމްޕިއުޓަރ (ކޮމްޕިއުޓަރ މޭޒާއެކު)
  3. 2 އޭ ސީ (24000 ބީ ޓީ ޔޫ)

ވީމާ، މި ތަކެތި ވިއްކާ އަދި އިސްޓޯލް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

31 ޖަނަވަރީ 2016 (އާދީއްތަ) ދުވަހުގެ 11:00 އަށް

2 ފެބުރުވަރީ 2016 (އަންގާރަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 331346 ނަންބަރު ފޯނާއެވެ.

14 ރަބީޢުލްއާޚިރު 1437

24 ޖަނަވަރީ 2016