ދިވެހިރާއްޖެ
އިޢުލާން
އިންޓަރ އޮފީސް ހޭންޑްބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމަށް ހުޅުވާލުން
އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ކަނބަލުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި އެކަނބަލުންގެ މެދުގައި އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާ އެކު މަސައްކަތް ކުރުމުގެ ރޫޙް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި، މި ކޮމިޓީއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "އިންޓަރ އޮފީސް ހޭންޑްބޯލް ޓޯރނަމެންޓް 2026"، 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ އިހަވަންދޫގެ ސަރުކާރު އޮފީސް / ކުންފުނިތަކަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ޓީމްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 20 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާޢިދު އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައި އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/yK9bB7mVQywpgq567
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.