ދިވެހިރާއްޖެ
|
ނީލަން ކިޔުން |
|
|
މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ. |
|
|
ތަކެތީގެ ތަފްޞީލް: |
- Solar Steel Structure as Scrap metal |
|
ނީލަން ފެށޭ އަގު: |
ކިލޯއަކަށް 1.50ރ (އެއް ރުފިޔާ ފަންސާސް ލާރި) |
|
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު: |
0.25ރ (ފަންސަވީސް ލާރި) |
|
މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން: |
2026 ޖުލައި 12 ވާ އާދިއްތަ ދުވަހުގެ 11:00 ގައި |
|
ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން: |
ޑިޕޮސިޓް ފައިސާގެ ގޮތުގައި 2,500.00ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު: 7704-100078-001 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާ ކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރެއްވުން. |
|
ޑިޕޮސިޓް ބަލައިގަތުން: |
2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 10:00 – 14:00 ނިޔަލަށް، 14:00 ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. |
|
އަގު ހުށަހަޅާނެ ތާރީޚް: |
2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ11:00 ގައި |
|
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި: |
ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ. |
|
ތަކެތި ހުރި ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ކ.ދިއްފުށި، |
|
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 7325332 /3338150 އަށެވެ. |
|
ނޯޓް: މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް އަނބުރާ ރައްދު ކޮށްދެވޭނެއެވެ. ނަމަވެސް، އަގު ހުށައެޅުމަށް ދީފައިވާ ފުރުޞަތުގައި އަގު ހުށައެޅުއްވުމަށް ފަހު، ހުށައެޅުން އަނބުރާ ނަގާ ނުވަތަ ހުށައެޅުން ބާޠިލު ކުރިނަމަވެސް، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ. ނީލަމަށް އަގު ހުށައަޅާއިރު ހުށައަޅާ އަގަކީ އެފަރާތުން ހުށައަޅާ ފައިނަލް އަގު ކަމުގައި ބެލެވޭނެއެވެ. |
|
|
23 މުޙައްރަމް 1448 08 ޖުލައި 2026 |
|