ދިވެހިރާއްޖެ
ނ. މާޅެންދޫ ފެނަކަ އިރުން އޮންނަ މަގުގައި 04 ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން
ނ.މާޅެންދޫ ފެނަކަ އިރުން އޮންނަމަގުގައި ކައުންސިލްއިންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 04 ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މަތީގައި ބަޔާންކޮށްފައިވާ ކަންތައް ކޮށްދެވޭނޭ އަގު އަދި ތަފްސީލް ބަޔާންކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ. މާޅެންދޫ ފެނަކަ އިރުން އޮންނަ މަގުގައި 04 ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ކޯޓޭޝަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ކޯޓޭޝަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ވަޑައިގެންތިއްބެވި ފަރާތްތަކުގެ ހާޒިރުގައި، ނ.މާޅެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މި އިޢުލާނާއި ގުޅިގެން ހެދިފައިވާ މަޢުލޫމާތު ޝީޓް އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފްކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލުގެ 6560026 މި ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.