ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2026/38
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 16 ޖުލައި 2026 12:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާ ކައުންސިލްގެ ކުންފުނި އުވާލުމުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ހޯދުމާއި ގުޅޭ

އިޢުލާން

    ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު (IUL)249-M/249/2026/19 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާތީ މި އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.

                 ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ކުރުން

9 ޖުލައި 2026 ހެނދުނު 09:00 އިން 16 ޖުލައި 2026 12:00 އަށް ރަސްމީ ދުވަސްތަކުގައި ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ މެއިލް [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

23 ޖުލައި 2026 ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

1-      އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ  ފަރާތްތަކަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

2-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ  އީމެއިލް: [email protected]   

08 ޖުލައި 2026