ދިވެހިރާއްޖެ
އިޢުލާން
ކިނބިދޫ ކައުންސިލްގެ ބްރޭންޑިންގ އަދި އައިޑެންޓިޓީ ފަރުމާކުރުން.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު
ކިނބިދޫ ކައުންސިލްގެ އައު ބްރޭންޑް އައިޑެންޓިޓީއެއް ފަރުމާކޮށް ތަރައްޤީކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުންނަށާއި، ކުންފުނިތަކުގެ އިތުރުން ކްރިއޭޓިވް އެޖެންސީތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މި ކައުންސިލުން ހުޅުވާލަމެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކިނބިދޫގެ މުއްސަނދި ސަގާފަތާއި، ތާރީޚީ ތަރިކައާއި، ރަށުގެ މުސްތަޤްބަލުގެ ތަޞައްވުރު ރަމްޒުކޮށްދޭނޭ ފަދަ ޒަމާނީ، ފަންނީ އަދި އެއްގޮތްވަންތަ "ވިޝުއަލް އައިޑެންޓިޓީ" އެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، މިއީ ކައުންސިލާއި ރައްޔިތުންނާ ދެމެދު ކުރެވޭ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް ބަލައިނުގަނެވޭނެއެވެ. އަދި އެފަދަ ހުށަހެޅުންތައް އިވެލުއޭޝަން މަރުޙަލާގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
23 މުޙައްރަމް 1448 ހ