ނީލަން
ނަންބަރު: (IUL)/960/2026/13
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 17 ޖުލައި 2026 16:30
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގައި ހުރި އިމާރާތްތަކުން ނެގިފައިވާ ތަކެތި ނީލަންކިއުން

މިސްކޫލްގައި ހުރި އިމާރާތްތަކުން ނެގިފައިވާ ތަކެތި ނީލަންކިއުން

 

                 މިސްކޫލްގައި ހުރި އިމާރާތްތަކުން ނެގިފައިވާ ތަކެތި ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 ޖުލައި 17 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ސްކޫލްގައި އޮންނާނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                     ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 2026 ޖުލައި 17 ވަނަ ދުވަހުގެ ހަވީރު 16:30 އަށް ސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

                     ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެވޭނީ 03 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. އަދި މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މިސްކޫލްގެ ފޯން ނަންބަރު: 6580361 އަށް ގުޅުއްވުން އެދެމެވެ.

08 ޖުލައި 2026