ޢާންމު މަޢުލޫމާތު
ނަންބަރު: 638-A /2026/18
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 12 ޖުލައި 2026 13:30
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

            މިކޯޓުގެ ޢިމާރާތާއި ގޯތިތެރެ ފޮޅާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަގުބަލާ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް މިކޯޓުގެ ކައުންޓަރުން އަގުބަލާ ފޯމު ލިބެން ހުންނާނެއެވެ. މި އިޢުލާނާއެކު މިކަމާގުޅޭ މަޢުލޫމާތު ޝީޓް ހިމެނިފައިވާނެއެވެ.

  • އަގުބަލާ ފޯމު ހުށަހަޅާ ތާރީޚް: 12 ޖުލައި 2026
  • އަގުބަލާ ފޯމު ހުށަހަޅާ ގަޑި: 13:30
  • އަގުބަލާ ފޯމު ހުށަހަޅަންޖެހޭ ތަން: ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓް

 

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަގުބަލާ ފޯމު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. އަގުބަލާ ފޯމު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަގުބަލާ ފޯމު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަގުބަލާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

                                    23 މުޙައްރަމް 1448ހ.

                                    08 ޖުލައި 2026މ.

08 ޖުލައި 2026