ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2026/19
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:44
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ރީޗެކް ނަތީޖާ ދޫކުރުމާއި ބެހޭ:
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި ޑީ.ޕީ.އީގެ ފަރާތުން ޕްރައިވެޓްކޮށް ބައިވެރިވި ދަރިވަރުންގެ ރީޗެކް ނަތީޖާ 2026 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ 12:00އިން ފެށިގެން މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ނަތީޖާ ބަލާ ދުރުވާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
08 ޖުލައި 2026