ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-P/410/2026/10
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 13 ޖުލައި 2026 10:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަސްމާރުކޭޓުގެ ތިރީބައިގައި ހުރި މަރާމާތްތައް ކުރުމުގެ މަސައްކަތާއި ގުޅޭ:

މިރަށު މަސްމާރުކޭޓުގެ ތިރީބައިގައި ހުރި، މިއިދާރާއިންދޭ މައުލޫމާތު ޝީޓުގައިވާ މަރާމާތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މައުލޫމާތު ޝީޓުގައިވާ އެންމެހައި މަސައްކަތްތަކަށް މި ކައުންސިލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.

 

މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

  • އަގު % 85         
  • ·         ތަޖުރިބާ % 10
  • މުއްދަތު % 5

މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް  13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

   ލިންކް: https://forms.gle/Lfw9stViRfPDdcfC8

 

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ  13 ޖުލައި 2026 ވާ ހޯމަދުވަހުގެ 13:00 ގައި ކައުންސިލްގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

 

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

08 ޖުލައި 2026