ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/16
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 08 ފެބުރުވަރީ 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މީޑިއާ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްެޖެ

މަޤާމް :މީޑިއާ ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

އިޢުލާން

މީޑިއާ ކޮންސަލްޓަންޓް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގއާއި އިންފްރާސްޓްރަކްޗަރއާ ގުޅުންހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މެންޑޭޓްކުރެވިފައިވާ މިނިސްޓްރީއެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި މިނިސްޓްރީން ކުރާ މަސައްކަތްތައް ފުޅާވެފައިވުމާއެކު، މިނިސްޓްރީން ކުރާ ކަންތައްތަކުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭން ބޭނުންވެއެވެ. އެހެންކަމުން، އާންމުންނާއި މިނިސްޓްރީއާ ދެމެދު ގުޅުން ބަދަހިކޮށް މަޢުލޫމާތު ހިއްސާކުރުމުގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް މީޑިއާ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ޝަރުޠު:

  1. ޕަބްލިކް ރިލޭޝަންސް ނުވަތަ ކޮމިއުނިކޭޝަން ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ރިލޭޝަންސް ނުވަތަ ކޮމިއުނިކޭޝަން ދާއިރާގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޕަބްލިކް ރިލޭޝަންސް ނުވަތަ ކޮމިއުނިކޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ރިލޭޝަންސް ނުވަތަ ކޮމިއުނިކޭޝަން ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އިސްނަގައިގެން މަސައްކަތް ކުރުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުމާއި، ދަތުރުކުރެވޭނެ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޙަފުލާތަކާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން.
  2. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނަށް ދިނުމުގެގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.

އަސާސީ މުސާރަ:

ދެފަރާތް އެއްބަސްވާގޮތެއްގެމަތިން މުސާރަ ހަމަޖެއްސޭނެއެވެ.

ސުންގަޑި:

މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  ފެބުރުވަރީ  8  ވާ  ހޯމަ ދުވަހުގެ  12:00 ގެ  ކުރިން،  ތިރީގައި  ބަޔާންވެފައިވާ  އެޑްރެހަށް  އެޕްލިކޭޝަންތައް  ފޮނުވައިދިނުން  އެދެމެވެ. އެޕްލިކޭޝަނާއެކު،  ވަނަވަރާއި،  ދިވެހި  ރައްޔިތެއްކަން  އަންގައިދޭ  ކާޑުގެ  ކޮޕީއާއި،  އެކްރެޑިޓްކުރެވިފައިވާ  ތަޢުލީމީ  ސެޓްފިކެޓްތަކާއި،  މަސައްކަތުގެ  ތަޖުރިބާއާއި  ޤާބިލުކަން  އަންގައިދޭ  އެންމެހައި  ލިޔެކިޔުންތައްވެސް  ހިމަނައިދިނުން  އެދެމެވެ. މި  ވަޒީފާއާ  ގުޅޭ  "ޓާރމްސް  އޮފް  ރިފަރެންސް"  (ޓީ. އޯ. އާރު)  މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަނާއި ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން: 3004300

ފެކްސް: 3004301

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004343 ނަންބަރު ފޯނަށް ނުވަތަ 3004340 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އަދި [email protected] އަށް މެއިލްކުރުން އެދެމެވެ.

16 ރަބީޢުލްއާޚިރު 1437

26 ޖަނަވަރީ 2016