މަސައްކަތް
ނަންބަރު: GS-107/2016/03
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 04 ފެބުރުވަރީ 2016 10:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ވަގުތީ ހަތަރު ކްލާސްރޫމް އެޅުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރީސްކޫލުގެ ކިޔެވުން ސްކޫލަށް ބަދަލުކުރެއްވުމާ ގުޅިގެން ވަގުތީ ހަތަރު ކްލާސްރޫމް އެޅުމާބެހޭ

މި ސްކޫލުގައި ވަގުތީ 4 ކްލާސްރޫމް އެޅުމަށް ކުރެވުނު ނަންބަރު: GS-107/2016/02 އިޢުލާނުގައިވާ ތާރީޚުތަކުގައި މައްސަލަ ހުރުމުން އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

މި ސްކޫލުގައި ވަގުތީ 4 ކްލާސްރޫމް އެޅުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ދުރުވާނަމަ އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ އެ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016