މަސައްކަތް
ނަންބަރު: (IUL)TAH-A/INDIV/2016/1
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 02 ފެބުރުވަރީ 2016 13:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުން

އިޢުލާން

ތ. އަތޮޅު ހޮސްޕިޓަލްގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ މަގުމަތީ ސަރަޙައްދު ފޮޅައި ސާފުކުރުން.

މި ހޮސްޕިޓަލްގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.  

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 02 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި 2016 ފެބުރުވަރީ 07 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

ތިރީގައި މިވަނީ މި ބީލަން ކާމިޔާބުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓްދެވޭނެ މިންގަނޑުތަކެވެ.

     1- ހުށަހަޅާ ޕްރޮޕޯޒަލް (މަސައްކަތް ކުރިއަށްގެންދާނެގޮތުގެ ލިޔުންތައް)   25 ޕޮއިންޓް

     2- ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާ                     10 ޕޮއިންޓް

     3- ބީލަން ހުށަހަޅާ ފަރާތުގެ ފައިނޭންޝަލް ކެޕެބިލިޓީ            05 ޕޮއިންޓް

     4- މަސައްކަތް ކުރުމަށް ހުށަހަޅާ އަގު                    55 ޕޮއިންޓް

     5- ހޮސްޕިޓަލަށް މަސައްކަތުގެ އިތުރުން ކޮށްދެވޭނެ ކަންތައް        05 ޕޮއިންޓް

           ޖުމްލަ                               100 ޕޮއިންޓް

25 ޖަނަވަރީ 2016