ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދު ތަކުގައި އިންދާފައިވާ ރުއް،ގަހާއި ބެހޭގޮތުން ދަންނަވަމެވެ. މިކައުންސިލުގެ ފަރާތުން އެގްރިމެންޓް ކޮށްގެން ދޫކުރެވިފައިވާ ދަނޑު ބިންތަކާއި ގޭބިސީ ތަކަށް މޫސުމީ ދަނޑު ހެއްދުމަށް ދޫކުރެވިފައިވާ ދަނޑު ބިންތަކުގައި އިންދާ ހައްދާފައިވާ ތަކެތި ފިޔަވާ އެހެނިހެން ސަރަހައްދު ތަކުގައި އިންދާ ހައްދަމުންގެންދާ ރުއް،ގަހާއި މެދު މިކައުންސިލަށް ހުށަހެޅޭ މައްސަލަތައް މީގެފަހުން ނުބެލެވޭނެކަން މިކައުންސިލްގެ 5ވަނަ ދަޢުރުގެ 07 ވަނަ ޢާއްމު ބައްދަލުވުމުންވަނީ ނިންމާފައެވެ.
އަދި، މިގޮތަށް ރަށުގެ އެކި ސަރަހައްދު ތަކުގައި އަމިއްލަ ފަރާތްތަކުން އިންދާ ރުއްގަހަށް މިކައުންސިލުން ބަދަލު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، ކައުންސިލުން ހުއްދަނުނަގައި ވަލުތެރެ ކޮށާ ރުއްގަސް އިންދަމުން ގެންދިއުމަކީ މަނާކަމެއްކަން ހަނދުމަކޮށް އަރުވަމެވެ.