ދިވެހިރާއްޖެ
އިޢުލާނު
ޢިމާރާތްކުރުމުގެ ޤާނޫނާއި އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އެންގުން
ޤާނޫނު ނަންބަރު 2017/4 "ޢިމާރާތް ކުރުމާބެހޭ ޤާނޫނު" އާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ، "ޢިމާރާތްކުރުމުގެ ޤަވާއިދު" އަދި "ޢިމާރާތްކުރުމާބެހޭ އިދާރީ ޤަވާއިދު" ގައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަކާއި ނުލައި ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ. މިގޮތުން:
- ޢިމާރާތާއި މަގުފާރު ތަޅާލުމުގެ ކުރިން ކައުންސިލަށް އެންގުން
- ޢިމާރާތްކުރުމަށް ކޮނުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުން
- އިންފާރު ރޭނުމުގެކުރިން ކައުންސިލަށް އަންގައި ކައުންސިލްގެ ބެލުމުގެ ދަށުން އިންފާރު ރޭނުން
- ބުރިބުރިއަށް ކުރާ ޢިމާރާތްތަކުގެ ޝީޓް އެޅުމުގެ ކުރިން ކައުންސިލަށް އަންގައި ޗެކްކުރުން
- ޢިމާރާތުގެ ފުރާޅުހެދުމުގެ ކުރިން ކައުންސިލަށް އަންގައި ޗެކްކުރުން
- ރަށުގައި ކުރާ ކޮންމެ ޢިމާރާތެއް (ޢިމާރާތް ކުރަން ފެށުމުގެ ކުރިން) ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުން
- 1200 އަކަފޫޓަށް ވުރެ ބޮޑު ކޮންމެ ޢިމާރާތެއް އެއްބުރިއަށްވިޔަސް (ސިންގަލް ސްޓޯރީ) ޤަވާއިދުން ކުރެހުން ފާސްކޮށް، ޢިމާރާތްކުރުމުގެ ހުއްދަ ހޯދުން
- 1200 އަކަފޫޓަށްވުރެ ކުޑަ ޢިމާރާތެއް ކުރިނަމަވެސް ޢިމާރާތްކުރުމުގެ ހުއްދަ ކައުންސިލުން ހޯދުން
- 1200 އަކަފޫޓަށްވުރެ ކުޑަ ނަމަވެސް ދިރިއުޅުން ނޫން ބޭނުމަކަށް (ވިޔަފާރި) ޢިމާރާތްކުރާނަމަ ޤަވާއިދުން ކުރެހުން ފާސްކޮށް، ޢިމާރާތްކުރުމުގެ ހުއްދަ ހޯދުން
- ޢިމާރާތްކޮށް ނިމުމުން ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުން (އެއްބުރިއަށް ހަދާފައިވާ ތަންތަން ހިމެނޭ ގޮތުން)
- ޢިމާރާތް ވަކިކަމަކަށް ބޭނުންކުރުމުގެ ހުއްދަ ހޯދުން
ވީމާ، ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ޢިމާރާތުގެ ކުރެހުން ފާސްކޮށް، ޢިމާރާތްކުރުމުގެ ހުއްދައާއި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދައިގެން ޢިމާރާތްކޮށް، ޢިމާރާތް ބޭނުންކުރަމުން ގެންދިއުމަށް އަންގަމެވެ. އަދި ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމަކީ ވަރަށް ބޮޑު ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެއް ކަމަށްވާތީ ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގެ ކުރިން ކައުންސިލްގެ ލަފާހޯދައިގެން ނޫނީ ނުކުރުމަށާއި ޢިމާރާތްކުރުމުގެ ހުއްދަ ހޯދައިގެން ޤަވާއިދާ އެއްގޮތަށް ޢިމާރާތްކުރުމަށް އަންގަމެވެ.