ދިވެހިރާއްޖެ
އިޢުލާން
"އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް1448 "
2026 އޯގަސްޓް މަހުގެ 27 ން 29 އަށް މިއިދާރާގެ ފަރާތުން "އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް 1448" ގެ ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާއި ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ރަށުފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޮތުން އަދި ހިތުން ކިޔެވުމުގެ ބައިންނެވެ.
މިމުބާރާތުގައި ސްކޫލް، ކްލަބް ޖަމްޢިއްޔާތަކާއި، މިރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކުގެ އިތުރުން އޭދަފުށީގައި ދިރިއުޅޭ ރަށުންބޭރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ ދެންނެވީމެވެ.
މިމުބާރާތުގައި ބައިވެރި ވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމު މެދުވެރިކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/diQxBXjApqbv8R5GA ގޫގުލް ފޯމު:
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 މުޙައްރަމް 1448