މުބާރާތް
ނަންބަރު: (IUL)419-CAA/419/2026/54
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 15 ޖުލައި 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޖުލައި 26 - އަންޑަރ 13 ފުޓްސަލް ކަޕް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

"ޖުލައި 26 - އަންޑަރ 13 ފުޓްސަލް ކަޕް 2026"

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާގައި ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ " ޖުލައި 26 – އަންޑަރ 13 ފުޓްސަލް ކަޕް" މިއަހަރުގެ ޖުލައި 26 ގައި ބޭއްވުމަށް ކައުންސިލުން މިދަނީ ތައްޔާރީތައް ވަމުންނެވެ.

މި މުބާރާތަކީ ތޭރަ އަހަރުން ދަށުގެ ކުދީންނަށް ޚާއްސަކޮށްގެން ގައްދޫ ކައުންސިލުން 2024 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި މުބާރާތެކެވެ. އޭގެ ފަހުން 2025 ވަނަ އަހަރުވެސް މި މުބާރާތް ދެ ޖިންސުގެ މެދުގައި ބޭއްވިގެންދިޔައެވެ. ގައްދޫގައި އެކި މުނާސަބާތަކާއި ގުޅިގެން ކުޅެވޭ ގިނަ ކުޅިވަރުތަކަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ކުޅިވަރުތަކަށް ވާއިރު، ގިނަ ފަހަރު އުމުރުން ހަގު ކުދީންނަށް މުބާރާތެއްގައި ކުޅެ އެކުދީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވަރަށް މަދުފަހަރު ނޫނީ ނުލިބެއެވެ. ގައްދޫ ކައުންސިލްގެ "ޖުލައި 26 – އަންޑަރ 13 ފުޓްސަލް ކަޕް" ގެ މައިގަނޑު މަޤްސަދަކީ ވެސް މި ކުދީންނަށް މިފަދަ ފުރުޞަތެއް ހުޅުވާލުމެވެ.

މިއަހަރުގެ މުބާރާތް ކުރިޔަށްދާނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ފިރިހެން އަދި އަންހެން ޑިވިޝަން އަށް ބަހާލައިގެންނެވެ. ދެ ޑިވިޝަންގައި ވެސް ބައިވެރިވެވޭނީ 13 އަހަރުން ދަށުގެ އަދި 6 އަހަރުން މަތީގެ ކުދީންނަށެވެ. ޢުމުރު ފުރައާއި ބެހޭ އިތުރު ތަފްޞީލު މުބާރާތުގެ ޤަވައިދުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިޙަމަކުރެއްވަށްފަހު އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 2026 ޖުލައި 20 ވާ ހޯމަ ދުވަހުގެ 13:00 އެވެ. މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 9113141 / 7931318 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

07 ޖުލައި 2026