ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2026/38
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:23
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭ

އިޢުލާން

ރަށުގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭ

                     ރަށުގެ ބައެއް ގޯތިތަކުގެ އިންވަކިކުރާ ފާރުތަކާ އިންވެގެން ހުރި މަގުތައް ސާފުނުކުރެވި ގިނަދުވަސްތަކެއް ވެފައިވާކަމާއި، އަދި ގޭގެއިން މަގުމައްޗަށް ރުއްގަހުގެ ފަނާއި ގޮފިތައް ނިކުމެފައި ހުރުމުގެ ސަބަބުން އެކިއެކި ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިވެފައިވާކަމާއި އަދި ކައުންސިލްގެ ހުއްދަނެތި ބައެއް ފަރާތްތަކުން މަސައްކަތް ކުރުމަށް ބޭނުންކުރާ ތަކެތި މަގުމަތީގައާއި ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާކަން ވަނީ ފާހަގަ ކުރެވިފައިއެވެ.

އަދި މީގެއިތުރުން، އ އަވަށުގެ ބޭރުން އޮތް މަގާއި އަތިރިމަތީ ސަރަހައްދުތަކަށް އަމިއްލަ ފަރާތްތަކުން ކުނިއެޅުމާއި، އެފަދަ ތަންތަނުގައި ކުންޏާއި އެހެނިހެން ތަކެތި އެންދުމަކީ މަނާކަމެއްކަން މި ފުރުސަތުގައި ހަނދުމަފުޅު ކޮށްއަރުވަމެވެ.

ވީމާ، ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، އެންމެހައި ރައްޔިތުންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ތިރީގައިވާ ކަންކަން ފުރިހަމަކުރުމަށް އަންގައި އިއުލާންކުރަމެވެ.

  1. މަގުމަތީގައި ބަހައްޓާފައިވާ އަމިއްލަ ތަކެތި މިއަދުން ފެށިގެން 10 (ދުހައެއް) ދުވަހުގެ ތެރޭގައި ނަގައި އެ ސަރަހައްދުތައް ސާފުކުރުން.
  2. ގޭގެއިން މަގުމައްޗަށް ނިކުމެފައިވާ ރުއްގަހުގެ ގޮފިތަކާއި ފަންތައް ކޮށައި މަގުތައް ތަނަވަސްކުރުން.
  3. ގޯތިތަކުގެ އިންވަކިކުރާ ފާރު ކައިރީގައިވާ ވިނަ ނޮޅައި، މަގުތައް ސާފުކޮށް ބެލެހެއްޓުން.

މިކަމުގައި ރަށުގެ އެންމެހައި ލޯބިވާ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުއްމީދުކުރަމެވެ.

                  22 މުޙައްރަމް 1448 ހ

07 ޖުލައި 2026