މަސައްކަތް
ނަންބަރު: GS01/10/2016
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 02 ފެބުރުވަރީ 2016 11:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
12 ކަބަޑާއި، ފައިވާން ބަހައްޓާ 02 ރެކް ޖަހައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ޕްރީސްކޫލް ދަރިވަރުންގެ ޕްލޭކޯނާއަށް ބޭނުންވާ 12 ކަބަޑާއި، ފައިވާން ބަހައްޓާ 02 ރެކް މި ސްކޫލުން ދޭ ނަމޫނާއާ އެއްގޮތްވާގޮތުގެ މަތިން ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2016 ވާ ހޯމަދުވަހުގެ 11:00އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

25 ޖަނަވަރީ 2016