ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/41
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:02
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫގައި ވަގުތީގޮތުން ޑިންގީފަހަރު އެހެލައި ބާލާނެ ސަރަޙައްދެއް ހަމަޖެއްސުމާއިގުޅޭ.

ވޭމަންޑޫގެ ބިންހިއްކުމާއި ގުޅިގެން ޑިންގީފަހަރު އެހަލައި ބޭލުމަށް ބޭނުންކުރާނެ ސަރަޙައްދެއް މިހާރުން މިހާރަށްވެސް ބޭނުންވާ ކަމުގައި، އެފަދަ އުޅަނދު ފަހަރު ގެންގުޅުއްވާ ފަރާތްތަކުން ކައުންސިލްގައި އެދެމުންދާތީއާއި، އަދި މިކަމަކީ ކައުންސިލަށްވެސް ފާހަގަ ކުރެވިފައިވާ މުހިއްމު ކަމެއްކަމުގައި ދެކޭހިނދު، ޑިންގީފަހަރު އެހެލައި ބޭލުމަށް ވަކި ބިމެއް ހަމަޖައްސައިފައި ވީނަމަވެސް ބިންސާފުކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ވަގުތު ނަގާނެތީވެ، މިކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން އެބޭނުމަށް ރަށުގެ ހުޅަނގުކޮޅު، ބޮޑުފާލަމުން ފެށިގެން ދެކުނަށް 150 ފޫޓް ހިމެނޭ ސަރަޙައްދުން ވަގުތީގޮތުން ޑިންގީފަހަރު އެހެލައި ބޭލުމަށް ސަރަޙައްދެއް ހަމަޖެއްސިފައިވާ ކަމުގައި ދެންނެވީމެވެ.

            ވީމާ، ޑިންގީފަހަރު އެހެލައި ބޭލުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށްއެދި ހުށަހަޅާފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

07 ޖުލައި 2026