ދިވެހިރާއްޖެ
ނެޝަނަލް އެޑަޕްޓޭޝަން ޕްލޭން (ނެޕް) ގެ 'އެޑްވައިޒަރީ ކޮމެޓީ' ގެ މެންބަރުކަމަށް އަމިއްލަ ފަރާތްތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުން
ނެޝަނަލް އެޑަޕްޓޭޝަން ޕްލޭން ތައްޔާރުކުރުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ 'ޕްރޮޖެކްޓް ސްޓިއަރިންގ ކޮމެޓީ' އަށް ލަފާދިނުމަށް 'އެޑްވައިޒަރީ ކޮމެޓީ' އެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.
މިގޮތުން ކުރެވުނު އިއުލާންއަށް ލިބިފައިވާ އެޕްލިކޭޝަނުން ހުރިހާ ދާއިރާ އަކަށް އެޕްލިކޭޝަން ލލިބިފައި ނުވާތީ، އަލުން މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިމިވަނީއެވެ.
|
ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް |
- ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އަދި މޮނިޓަރ ކުރުމުގެ ކަންކަމާގުޅޭގޮތުން ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީއަށް ލަފާ ދިނުން
- މޫސުމީ ހިރާސްތައް ވަޒަންކުރުމުގައި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތް ޕްލޭންކުރުމުގައި ހުރި މައުލޫމާތުގެ ހުސްކަން ކުޑަކުރުމަށް ކުރާ ކަންކަމަށް ލަފާދިނުން
- މުޖުތަމަޢުއިން އިސްނަގައިގެން ކުރިއަށްގެންދާ ކަންކަން ޕްލޭންގައި ހިމެނުމަށް މަސައްކަތްކުރުން
- ޕްލޭން ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ސްޓިއަރިންގ ކޮމިޓީއަށް ބޭނުންވާ ލަފާ ދިނުން
- ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކަކީ ހުޅުވާލެވިފައިވާ އަދި އޭގެ ނަތީޖާ ހިއްސާކުރެވިގެން ކުރިއަށްދާ މަސައްކަތެއްކަން ކަށަވަރުކުރުމަށް އެހީތެރިވެދިނުން
|
|
އެލަވަންސް |
މި މަސައްކަތަށް އެލަވަންސް އެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ދަތުރާއި ހުރުމުގެ ޚަރަދު، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
|
މެންބަރުންނެގުން
|
މިކަމާބެހޭ އިތުރު މަޢުލޫމާތު އިޢުލާންއާއެކު ޖަދުވަލުކުރެވިފައިވާނެއެވެ.
|
|
މެންބަރުކަމުގެ މުއްދަތު |
މެންބަރުން ހޮވާނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. |
|
ހުށަހަޅަންޖެހޭގޮތާއި ސުންގަޑި |
މެންބަރުކަމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
|
|
|
|